ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އިސްތިއުފާދެއްވާފައިވާތީ މަޖިލީހުގެ ނައިބު ރައީސެއް އިންތިހާބު ކުރުމަށް މިރޭ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ވިދާޅުވީ ނައިބު ރައީސް އިންތިހާބު ކުރުަމށް ބާއްވާ ޖަލްސާ ބާއްވާނީ މިރޭ 8:30 ގައި ކަމަށެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކަނި އެޖެންޑާކޮށްގެން މިއަދު ޖަލްސާއެއް ބާއްވަމުން ދަނިކޮށް އީވާ ވަނީ އެ ގަރާރަށް ޖަވާބުދާރީވުމަށް ދެއްވި ފުރުސަތުގެ ބޭނުން ހިއްޕަވާފައެވެ. އަދި ދިފާއުގައި ގިނަ ވާހަކަފުޅުތަކެއް ދެއްކެވުމަށްފަހު އީވާ ވިދާޅުވީ ކުޑަ އިރުކޮޅަކުން އޭނާގެ އިސްތިއުފާގެ ސިޓީ ރިޔާސަތަށް ލިބިލައްވާނެ ކަމަށެވެ.

އިވާގެ ވާހަކަފުޅު ނިންމަވާލެއްވުމާއި އެކު މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވަނީ މަޖިލީހުގެ އަމީން އާންމަށް އެ ސީޓި ހަވާލުކުރައްވާފައެވެ.

މަޖިލީހުގެ ރިޔާސަތުގެ އެންގެވުމަށް އަމީން އާންމު އެ ސިޓީ މަޖިލީހަށް ހުށަހަޅުއްވާދެއްވިއެވެ. އަދި އަސްލަމް ވަނީ އެ ސީޓި ބަލައިގަނެ އެކަން މަޖިލީހަށް އަންގަވާފައެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އިސްތިއުފާ ދެއްވުމުން ގަރާރުގެ މައްސލަަ އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އަސްލަމް ވަނީ މިއަދުގެ ޖަލްސާ ނިންމާލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *