އީވާ އަބުދުﷲ

ނައިބު ރައީސް ކަމަށް އަޅުގަނޑު ނާގާބިލް އޭ ވިދާޅުވެވޭނެ އެއްވެސް މެންބަރެއް މަޖިލީހުގައި ނީންނަވާނެ ކަމަށް އީވާ ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ކުރިޔަށްދާ މަޖިލީހުގެ ނައިބު ރައީސް ކަމަށް ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ޖަވާބުދާރީ ވަމުން އިވާ އަބުދުﷲ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އޭނާއަށް އަބަދު ދެނީ ކޮރަޕްޝަނާއި، ޖިންސީ ގޯނާ އެމްއެމްއާރްޕީ ކޮރަޕްޝަން ފަދަ މައްސަލަތަކާއި ގުޅޭ ގޮތުން މަސައްކަތް އަޑު އުފުލުމުން ކަމަށެވެ.

ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދަކާއި ހިލާފުވެފައިވެސް ނޯންނާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ރިޔާސަތު ބެލެހެއްޓެވީ އަމީން އާންމު ސިޓީ ފޮނުއްވި ޖަލްސާތަކުގައި ކަމަށް އީވާ ވިދާޅުވިއެވެ.

ސުޕްރީމު ކޯޓުގެ ހުކުމާއި ހިލާފުވީ ކާކުތޯ ކީއްވެތޯ ކާކުތޯ ތާރީހަށްޓަކައި ލިޔާނެ ކަމަށާއި، ސުޕްރީމު ކޯޓުގެ ހުކުމާއި ހިލާފަށް އެހެން މީހަކު ރިޔާސަތަށް ހާޒިރުކޮށްގެން ޖަލްސާ ކުރިޔަށް ގެންދިޔަ ކަމަށް އީވާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުން އެމްޑީޕީގެ އެތެރޭގެ ވިޕްލައިން އަކުން އަޅުގަނޑު ވަކިކުރަނީ. ވަކި ސިޔާސީ ޕާޓީގެ ގަވާއިދަކާއި ގުޅުވައިގެން ނާގާބިލު ކިބުރުވެރި ސަރުކާރެކޭ ބުނުމުން."

އިންސާފުން އެއްކިބާވެގެންދާ ގަޑީގައި ހައްޓަށް ފަސޭހަގޮތް ހެދުމަކީ ދަންނަ ތަރުބިއްޔަތެއް ނޫން ކަމަށްވެސް އީވާ ވިދާޅުވިއެވެ.

ހިލާފު އުފެދިގެންދާ ގަޑީގައި އަޅުގަނޑަކީ ޒާތީ ކަންކަމެއް ބަލާފައި ނުވާނެ ކަމަށާއި، ބަލާފައި އޮންނާނީ ބަލާ އަސާސަތަކާއި ހަމަތައް ކަމަށެވެ. އީވާ ވިދާޅުވީ ދުރަށް ދާން ޖެހުނީ އެމްޑީޕީގެ އަސާސްތަކާއި ހިލާފުވީމާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *