ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާ ޙަވާލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން މިނިސްޓަރ އޮފް ޑިފެންސް އާއި ޙަވާލުކުރައްވާފައި މިވަނީ، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑޮކްޓަރ ޢާއިޝަތު ރަމީލާ ފާއިތުވި ނޮވެމްބަރު 23 ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންފައިވާތީއެވެ.

މިނިސްޓަރު ރަމީލާ ބޭރަށް ފުރައިވަޑައިގަތީ ކެންސަރު ބައްޔައް ޑައިގްނޯސްވުމާއި ގުޅިގެން ބޭސްފަރުވާ ހޯދުމަށްޓަކައެވެ. އަދި މިނިސްޓާ ވިދާޅުވިގޮތުގައި އޭނާއަށް އެ ބަލިޖެހިފައިކަން އިގުނު އިރު ހުރީ ކެންސަރުގެ ފަހު ސްޓޭޖްގައި ކަމަށެވެ. މިކަން ހާމަކޮށްފައި ވަނީ މިނިސްޓާ ކުރެއްވި ފޭސްބުކް ޕޯސްޓަކުންނެވެ.

މިނިސްޓާރ ފަރުވާ އަށް ވަޑައިގަތީ އިންޑިއާ އަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *