ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު ނޫސްވެރިންގެ ބައްދަލުވުމެއްގައި | ފޮޓޯ: މިހާރު

2024 ގެ މަޖިލީސް އިންތިހާބުގެ ކެމްޕޭނުގައި ވާދަކުރައްވާ އެއްވެސް ބޭފުޅަކު ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ފޮޓޯ ޖަހައިގެން ކެމްޕޭނު ނުކުރުމަށް އެ މަނިކުފާނުގެ އައު ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އެދިއްޖެއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ރައީސް ޔާމީންގެ އެންޑޯސްމަންޓް ދެއްވާފައި ނުވާނެ ކަމަށާއި އެކި ބޭފުޅުން އެމަނިކުފާނު ފޮޓޯފުޅު ކެމްޕޭނުގައި މިވަގުތު ބޭނުން ކުރުމަކީ ޕާޓީން ރުހޭ ކަމެއް ނޫން ކަމުގައި ދަންނަވާކަމަށެވެ.

މަލީހު މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓަކުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް އުފެއްދުމަށް ހުއްދަދިނީ މިދިޔަ ހަފްތާގައިކަމަށްވާއިރު އެ ޕާޓީއަށް ފުރަތަަމަ ސޮއިކުރެއްވީ ވެސް ރައީސް ޔާމީނެވެ.

އިލެކްޝަންސް ކޮމިޝަންގެ ހުއްދައާއިއެކު ސިޔާސީ ޕާޓީއެއް އުފައްދަން 3000 މީހުންގެ ސޮއި ހަމަކޮށް، އެ ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. އެ މަސައްކަތް ކުރުމަށް ތިން މަސް ދުވަސް ލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *