ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތު ބަޖެޓުން ކުރާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރެއް ނިމޭތާ 15 ދުވަސް ތެރޭގައި ހާމަކުރައްވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު މީޑިއާތަކަށް އެކަމާ ބެހޭ މައުލޫމާތު ދެއްވަމުން ވިދާޅުވީ އެގޮތަށް ނިންމެވީ ރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު ހޯދަން އަބަދުވެސް ނޫސްވެރިން މަސައްކަތް ކުރަންޖެހޭކަން ރައީސަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.

ރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު އާންމުކުރައްވަން ރައީސް ނިންމަވާފައިވާއިރު ، ދާދި ފަހުން ތުރުކީވިލާތައް އެ މަނިކުފާނާއި ސަރުކާރުގެ އިސްވަފުދެއް ވަޑައިގެންނެވިއިރު އެ ދަތުރުފުޅަށް 8 މިލިއަން ރުފިޔާ ހޭދަވިކަމުގެ ހަބަރު ފެތުރިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *