އައްޑޫ ސިޓީ ހިތަދޫގައި ބައެއްގެ މެދުގައި މާރާމާރީއެއް ހިންގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖްގައި ފުލުހުން ބުނީ ހުކުރު ދުވަހުގެރޭ ހިނގި މާރާމާރީގައި ޒަހަމްވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވާއިރު މި މީހާއަށް މިހާރު ދަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާދެމުންކަމަށެވެ. އަދި މި މީހާގެ ހާލު ސިރިއަސްކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާއި ގުޅިގެން އިތުރުތަފްސީލއެއް އަދި ލިބިފައެއްނުވެއެވެ. އަދި ފުލުހުންވެސް އިތުރު މައުލޫމަތު އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *