ރައީސް ސޯލިހު އެމްޑީޕީގެ ކޮމިޓީ އަކާއި ބައްދަލުކުރެއްވުން - ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެޕާޓީގެ 3 ކޮމިޓީއަކާއި ބައްދަލު ކުރައްވައިފިއެވެ.

ރައީސް ސޯލިހު ބައްދަލުކުރައްވާފައިވަނީ އެ ޕާޓީގެ ކެމްޕެއިން ކޮމިޓީ އާއި، މީޑިއާ ކޮމެޓީ އާއި ފިޔަވަޅުއަޅާ ކޮމިޓީގެ މެންބަރުންނާއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ގ. ނިއުޝާގައި ހުންނަ އެމްޑީޕީގެ އޮފީހުގައެވެ.

އެމްޑީޕީން އަންނަނީ ކުރިޔަށް އޮތް މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނާއި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވެސް ތައްޔާރުވަމުންނެވެ.

ރައީސް ސޯލިހަކީ އެމްޑީޕީގެ ވަގުތީ ރައީސް ކަމަށް ނިންމެވީ އެ ޕާޓީން އއ. ރަސްދޫގައި މިދިޔަ ހަފްތާގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ފާސްކޮށްގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *