ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަގުބޫލް އެއް އެވޯޑް ކަމުގައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދުނިޔޭގެ ވަނަތަކަށް އެވޯޑް ދިނުމަށް ބޭއްވި ގްރޭންޑް ފައިނަލް ޚާއްސަ ހަފްލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މަޢުސޫމަށް "ޓްރެވަލް ޕާސަނަލިޓީ އެވޯޑް އޮފް ދި އިޔާ 2023" އެވޯޑް ލިބިއްޖެއެވެ.

ރޭ ކުރިއަށްދިޔަ މި އެވޯޑް ހަފްލާ ބާއްވާފައިވަނީ ދުބާއީގެ މަޝްހޫރު "ބްރުޖު އަލް އެރެބް"ގަ އެވެ.

މި ހަފްލާގައި ރާއްޖެއަށާއި ރާއްޖޭގެ ޓޫރިޒަމް ޚިދުމަތްދޭ އަމިއްލަ ފަރާތްތަކަށް ވެސް މުޅި ދުނިޔޭގެ އެއްވަނައިގެ ގޮތުގައި އެވޯޑްތައް ވަނީ ލިބިފައެވެ.

މި ހަފްލާގައި "ވޯލްޑް ލީޑިން ޑެސްޓިނޭޝަން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ވަނީ މި އަހަރުވެސް ލިބިފައެވެ. މިއީ ވިދިވިދިގެން ރާއްޖެއިން މި އެވޯޑް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ.

އަދި އަލަށްދޭންފެށި ރިސެލިއެންސް އެވޯޑް ހާސިލުކުރި 5 ޤައުމުގެ ތެރޭގައިވެސް ރާއްޖެ ވަނީ ހިމެނިފައެވެ.

އަދި ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑް 2023ގެ ގޮތުގައު އެމްއެމްޕީއާރުސީ ވަނީ ހޮވިފައެވެ. އަދި އެމްއެމްޕީއާރުސީގެ ކުރީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބް މުޙައްމަދު އަށް ސްޕެޝަލް އެޗީވްމެންޓް 2023 ވަނީ ލިބިފައެވެ.

އަދި މީގެ އިތުރުން ޓީއެމްއޭ އަށް ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑް ވަނީ ލިބިފައެވެ.

އަދި މި ހަފްލާގައި ފަތުރުވެރިކަމުގެ ރޮނގުން ޑރ. މަޢުސޫމް ކޮށްދެއްވައިފައިވާ ޚިދުމަތްތަކާއި ކާމިޔާބީތަކުގެ މައްޗަށް ޕްރެސެންޓަރު ވަނީ އަލިއަޅުއްވާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *