ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއި ބައްދަލުކުރައްވައިފިއެވެ.

ސްރިލަންކާގެ ރައީސް އާއި ރައީސް ޑރ. މުއިއްޒު ބައްދަލުކުރައްވާފައި މި ވަނީ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ހަވާސާގައި މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ރައީސް މުއިއްޒު ވަނީ ރައީސް ރަނިލްއާއި އެކު ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހި ކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ތައުލީމީ ދާއިރާއިންނާއި އަދި މީގެ އިތުރުންވެސް ދެ ޤައުމަށް ފައިދާހުރި ތަފާތު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ވަރުގަދަ ކުރުން ހިމެނެއެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދިވެހިރާއްޖެއާއި ސްރީލަންކާއިން ގެންގުޅޭ ސިޔާސަތުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ދެ ރައީސުން މަޝްވަރާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ، ގޮންޖެހުންތަކުން އަރައިގަނެ، އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ތެރެއިން ފުރުޞަތުތަކުގެ ބޭނުން ހިފޭނެކަމުގެ ޔަޤީންކަންވެސް ފާހަގަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *