އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ނަން ބޯޑު

މާލެ މޭޔަރުގެ މަޤާމު ހިމެނޭހެން 5 ދާއިރާއަކުން ކައުންސިލްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އިލެކްސްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަނުން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މެންބަރު (މާފަންނު މެދު ދާއިރާ)، މާލެ ސިޓީ ކައުންސިލްގެ މެންބަރު (މެދުހެންވޭރު ދާއިރާ)، މާލެ ސިޓީ ކައުންސިލްގެ މެންބަރު (ހެންވޭރު ދެކުނު ދާއިރާ / އަންނެހުންނަށް  ޚާއްސަކޮށްފައިވާ ގޮނޑި) އަދި ވ. ރަކީދޫ ކައުންސިލް މެންބަރު (އަންނެހުންނަށް ޚާއްސަކޮށްފައިވާ ގޮނޑި) އެވެ.

މި ފަސް ދާއިރާއިން ކައުންސިލް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މި ހިނގާ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުގެ 14:00 ނިޔަލަށެވެ.

މާލެ މޭޔަރުގެ މަޤާމު ހުސްވެފައި ވަނީ އެ މަޤާމުގައި ކުރިން ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ، ރައީސް ކަމުގެ ހުވާކުރެއްވުމަށް ނޮވެމްބަރު 17 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމުންނެވެ.

އަދި ޑރ. މުޢިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމާއެކު މާލެ ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ވަނީ ސަރުކާރުގެ ބައެއް އިސްމަޤާމުތަކަށް ވަޑައިގަތުމަށް އެ މަޤާމުތަކުން އިސްތިޢުފާ ދެއްވާފައެވެ.

މި މަޤާމުތަކުގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *