ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ކޭޕާކް ރެސިޑެންސް، ފްލެޓްތައް މަކަރާއި ހީލަތުން ވިއްކާލި މައްސަލައިގައި ތުހުމަތު ކުރެވޭ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މައްޗަށް 225 ދައުވާއެއް ކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ވަކިވަކި މީހުންގެ މައްސަލަތަކުގައި މަންޑޭގެ މައްޗަށް 225 ދައުވާއެއް ކުރުމަށް ނިންމާފައިވާއިރު ކުރިއަށް އޮތް ހަފްތާތެރޭގައި ދައުވާކުރަން ކުރިމިނަލް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ ކަންޑޭގެ މައްޗަށް މަނީލޯންޑްރިންގެ މައްސަލައެއްވެސް ތަހުގީގު ކުރަމުންދާއިރު އަގުބޮޑެތި މުދާ ގަނެފައިވާ މައްސަލަ އާއި އޭނާ ގަނެފައިވާ ޕެންޓްހައުސްއެއް ގަނެފައިވާ މައްސަލައިގައި މަނީލޯންޑްރިންގެ ދަށުން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޝަމީމް ވިދާޅުވީ މަންޑޭގެ އިތުރުން އިތުރު ދެ މީހަކަށްވެސް ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން އެހެނިހެން މައްސަލަތައްވެސް ތަހުގީގު ކުރަމުންދާ ކަމަށާއި އެ ތަހުގީގުތައް ނިމުމުން އިތުރު ދައުވާތައްވެސް ކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން ސައްހަ ނޫން މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެކުހުގެ ކުށުގެ ދައުވާ އާއި މަނީލޯންޑްރިން ކުށުގެ ދައުވާ ކުރުމަށް ނިންމާފައިވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *