ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން----

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށް އިތުރަށް ޕޮއިންޓް ދީފައިވާކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ކުރާ ތުހުމަތުތަކަކީ ސިޔާސީ ކުލަ ޖެހިފައިވާ ތުހުމަތުތަކެއްކަމަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަވުމަށް، އެ މީހަކީ މާލޭގައި ވަޒީފާ އަދާކުރާ މީހަކަށް ވާން ނުޖެހޭ ކަމަށެވެ. ރަށެއްގައި ނުވަތަ ރިސޯޓެއްގައި ކޮންމެ ވަޒީފާއެއް އަދާކުރި ނަމަވެސް އެ ފަރާތުގެ އަނބިދަރިން މާލޭގައި ދިރިއުޅޭ ނަމަ ޝަރުތު ހަމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުއް ސަލާމް ވިދާޅުވީ ބޯހިޔާވަހިކަމުގެ ޕޯޓަލް ބިނާކުރެވިފައިވަނީ އެއަށް އަޅާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އޮޓަމެޓިކުން ޕޮއިންޓް ދޭ ގޮތަށް ކަމަށެވެ. ނަމަވެސް ޕޮއިންޓުތައް އެޕްރޫވު ކުރުމުގެ މަރުހަލާގައި ސުޕަވައިޒަރ ޕޮއިންޓު އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް އެގޮތަށް ވިދާޅުވި ނަމަވެސް، "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ދިނުމާ ބެހޭ އުސޫލުގައި، ފްލެޓް ހޯދުމަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ވަރަށް ސާފުކޮށް ބުނެފައި އޮންނަނީ ފްލެޓަށް އެދޭ މީހާ ނުވަތަ މައި އެޕްލިކަންޓަކީ މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

އަކްރަމްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ޝަރުތު ހަމަނުވާ މީހަކަށް ގިނައިން ޕޮއިންޓް ދީގެން ޝަރުތު ހަމައެއް ނުކުރެވޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *