ނިއުސް ހެޑް ވަކިކޮށް ޕީއެސްއެމް ގެ ނިއުސްރޫމް ހިންގުން ވަގުތީގޮތުން ސީނިއާ ޖާނަލިސްޓް ހުސެއިން އަމީންއާއި ހަވާލުކޮށްފިއެވެ.

މީގެ ކުރިން ޕީއެސްއެމްގެ ނިއުސް ރޫމް ހިންގަވަމުން ގެންދެވީ މުހައްމަދު އަފަޒަލްއެވެ. ޕީއެސްއެމްގެ އާ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އިއްޔެ ފޮނުއްވި މެމޯއެއްގައިވާ ގޮތުން އަފްޒަލް ދެން ކުރައްވަންޖެހޭނީ ޑިރެކްޓަރު އަންގަވާ މަސައްކަތް އެކަންޏެވެ.

އަމީންއަކީ އިއްޔެ މަގާމާ ހަވާލުވެވަޑައިގެންނެވި ޒީނާއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެކެވެ.

މީގެ ކުރިން ދި ޓީވީގައި މަސައްކަތްކުރި އަމީން ޕީއެސްއެމްއާ ގުޅުނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

ނިއުސް ހެޑްގެ މަގާމުން ވަކި ކުރި އަފްޒަލްއަކީ 1999 ވަނަ އަހަރު ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރައްވާ މުވައްޒަފެކެވެ. އޭނާވަނީ ސަރުކާރުން ދޭ ނޫސްވެރިކަމުގެ ރަން ގަލަން ހާސިލް ކުރައްވާފައެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *