ރައީސް ނަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރަށްވަން މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފިއެވެ.

މަޖިލީހުގެ ކުރީގެ ރައީސް، ނަޝީދު މިކަން ހާމަކުރައްވާފައި ވަނީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. އަދި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތްތައް ވަރަށް ގިނަކަމަށާއި، އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ކުރިޔަށްއޮތްތަނުގައިވެސް ދިރިއުޅުއްވާނީ ރާއްޖޭގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު ވާދަކުރައްވާފައި ވަނީ އެމްޑީޕީގެ ޓިކެޓުގައެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުން ފެށިގެން ޕާޓީތެރޭގައި އުފެދުނު ދެބަސްވުންތަކުގެ ތެރެއިން ރައީސް ނަޝީދު ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

19 ވަނަ މަޖިލީހުގެ ރައީސް ކަންވެސް ނަޝީދު ވަނީ ކުރައްވާފައެވެ. ނަމަވެސް އެމްޑީޕީން ވަކިވެވަޑައިގަތުމުން، އެ ޕާޓީން ވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައެވެ. އަދި އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ނުފަށަނީސް އެ މަގާމުން ނަޝީދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *