ހަސަން މުގުނީ -- ފޮޓޯ: އަދަދު

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އައްޔަނުކުރި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެ މަޤާމުން ވަކިކޮށްފިއެވެ.

އެ މަޤާމަށް މުޣުނީ އައްޔަނުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް ޕީސީބީން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މި ހަފުތާގެ އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަލުން ޕީސީބީގެ އެކުލަވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް އާންމު ކުރެއްވި އައު ބޯޑު މެންބަރުންގެ ލިސްޓުގައި މުޣުނީގެ ނަން ނެތް ކަމަށް ޕީސީބީން ބުނެއެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރ ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ މުޣުނީ އަށް ދައުލަތުގެ އެހެން ތަނެއްގައި ހިދުމަތް ކުރުމުގެ ފުރުސަތު އޮތުމުން ޕީސީބީގެ ބޯޑަށް އައްޔަން ކުރާ މެންބަރުންގެ ލިސްޓުން އޭނާގެ ނަން އުނިކުރުމަށް ސަރުކާރުން ނިންމެވީ ކަމަށެވެ.

ބޯޑު މެންބަރުންގެ ތެރޭގައި ހިމެނެނީ ޖުމްލަ ހަތް މެންބަރުންނެވެ. އޭގެތެރޭގައި ރައީސް އާއި ނައިބު ރައީސް ވެސް ހިމެނިވަޑައިގަންނަވައެވެ.

މުގުނީ މަޤާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ބައެއް ފަރާތްތަކަށް މަޤާމުތައް ދިނުމަށްފަހު، މަޤާމުން ވަކިކުރަމުންދާތީ މި ސަރުކާރަށް ވަނީ އާންމުންގެ ފާޑުކިޔުން ރައްދުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *