ހޯމްލޭންޑް ސެކިއުރިޓީގެ ތެރޭގައި ބޮޑެތި ދާހިލީ މައްސަލަތައް އޮންނަ ކަމުގައިވާނަމަ ބޭރުގެ ވިޔަފާރި އިންވެސްޓްމެންޓްތަކެއް ރާއްޖެއަކަށް ނާންނާނެކަމަށާއި ދައުލަތުގެ ބަޖެޓު ސަޕޯޓަށްވެސް ފައިސާވެސް ނުލިބޭނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

ރަޝީދު މިހެން ވިދާޅުވީ ޔޫއެސް ޑިޕާޓްމަންޓް އޮފް ޓްރެޝަރީގައި 20 ދިވެއްސެއްގެ ނަމާއި އެ ފަރާތްތަކާ ގުޅުންހުރި 39 ވިޔަފާރިއެއް ފާހަގަކޮށް، އެފަރާތްތަކަށް ފިޔަވަޅުއަޅަން އިއުލާންކޮށްފައި އޮތް އޮތުމާއި ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިޔަށް ގެންދެވި ބަހުސްގެ ތެެރއިންނެވެ.

ރަޝީދު ވިދާޅުވީ މިމައްސަލައަކީ ދިވެހި ދައުލަތުގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ބޭރު ގައުމަކުން މިފަދަ ކަމަކަށް މިފަދަ ފިޔަވަޅެއް އަޅައިފައިއޮތް ފަހަރު ކަމަށްވުމާއިއެކު މީގެ ސަބަބުން އަޅާނުލާއި ތިބެއްޖެނަމަ ރާއްޖޭގެ ވިޔަފާރިވެރިންނަށް އިންތިހާއަށް ގެއްލުންލިބޭނެ ކަމަށެވެ.

ރަޝީދު ވިދާޅުވީ މިފަދަ ކަންކަމާއިމެދު ސާފުކުރަން ޖެހޭ ކަމަކީ ސަރުކާރުން އަޅާފައި އޮތީ ކޮން ފިޔަވަޅުތަކެއްތޯ ބެލުންކަމަށެވެ. އަދި އެކަން ސާފުކުރުމަށްފަހު ރިޕޯޓެއް ހަދާ ޕާލިމަންޓުން ހާމަކުރަން ޖެހޭ ކަމަށް ރަޝީދު ވިދާޅުވިއެވެ. ބަޖެޓަށް ވެސް ފައިސާ ހޯދަނީ މާލީ ނިޒާމުން ކަމުގައިވާއިރު މިފެންނަނީ ރާއްޖޭގެ މާލީ ނިޒާމަށް ފިޔަވަޅު އަޅާފައި އޮތްތަން ކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ. ފިޔަވަޅު އެޅީމަވެސް ފިޔަވަޅު އެޅިކަން ނޭންގި އެކަން ގަބޫލްނުކުރާކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ މިފަދަ މައްސަލަތައް ހުރުމުން ބައިނަލްއަގްވާމީ ރޭޓިންގ އެޖެންސީތަކުން ރާއްޖޭގެ ރޭޓިންގ ވަނީ އިންތިހާއަށް ދައްކޮށްފައިކަމަށެވެ.

މިފަދަ މައްސަލަތައް ހުރުމާއި އެކު މަޖިލީސް ތެރޭގައިވެސް އިސްނަންގަވައިގެން ހުރިހާ މެމްބަރުންވެސް ވިހާވެސް އަވަހަށް މި މިއްސަލަ ބަލާ ޔޫއެސް ޑިޕާޓްމަންޓް އޮފް ޓްރެޝަރީއަށް ޖަވާބުދާރީ ވަންޖެހޭ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ނިޒާމް ވަނީ ހުއްޓިފައިވާކަން ފާހަގަކޮށް ރަޝީދު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ވަގުތުން ވަގުތައް ޓްރާންސެކްޝަން ހެދޭ މިފަދަ ތަކުލީފުތައް ރައްޔިތުންނަށް ނުޖެއްސޭނެ ގޮތަކަށް މިގައުމު ހިންގުންކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *