ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކުގެ މަޤާމަށް، އެ ކުންފުންޏަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ،25 އަހަރުގެ ތަޖުރިބާހުރި ހުސެއިން ފަހުމީ އައްޔަނުކޮށްފި އެވެ.

މިމަގާމަށް ފަހުމީ އައްޔަނުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެމްޑީގެ މަގާމާ ހަވާލުވުމަށްފަހު ފަހުމީ ވަނީ އޭނާ ކުންފުންޏާއި މެދު ބަހައްޓަވާ ގާތްކަން ހަމަ އެގޮތުގައި ކުރިޔަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ކުންފުނި ކުރިއަރުވާ އާންމުންނަށް ދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

1998 އަހަރުން ފެށިގެން ސްޓެލްކޯގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ފަހުމީ އެންމެ ފުރަތަމަ އަދާކުރެއްވީ ސްޓެލްކޯގެ އެކައުންޓްސް އެސިސްޓެންޓް ޓެރެއިނިން އޮފިސަރެއްގެ މަގާމެވެ. އޭގެފަހުން އެ ކުންފުނީގެ އެ ފަންތީގެ މަޤާމުތައް އަދާކުރައްވާ އެ ކުންފުންޏަށް ގިނަ ގުނަ ކާމިޔާބީވެސް ހޯދާދެއްވާފައިވެއެވެ.

ފަހުމީ ވަނީ ސްޓެލްކޯގެ އެސިސްޓަންޓް ޑިރެކްޓަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމުވެސް އަދާކުރައްވާފަ އެވެ. އެމްޑީގެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން ފަހުމީ ހުންނެވީ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.

ފަހުމީ ވަނީ އިނގިރޭސިވިލާތުން މާސްޓަސް އޮފް އެކައުންޓިން އާއި، ފައިނޭންޝިއަލް ސާވިސަސްއިން އެމްބީއޭ ހާސިލު ކުރައްވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *