ހިޔާ ފްލެޓްތައް އިމާރާތްކުރަން ބޭނުންކުރި ހަރަދުތަކުގެގޮތުގައި އެ އެޕާޓްމަންޓްތަކުގެ ވެރިންނަށް ދޭން ވައިދުވި 2 ލައްކަ ރުފިޔާ ގެ ފައިސާ ލިބޭނެކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާ ފްލެޓު ފިނިޝިންގ މަސައްކަތްތަކުގެ ގޮތުގައި ފްލެޓުތަކުގެ ވެރިންނަށް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ނުދެއްވާނެކަމަށް ބުނެ ފަތުރާ ހަބަރުގައިވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ.

ފަޒުލް ވިދާޅުވީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ހިޔާ ފްލެޓު ހަދަން ހަރަދުކުރި ފައިސާ ފްލެޓުތަކުގެ ވެރިންނަށް ހަމަޖައްސައިދޭނެކަމަށާއި އެ ވައުދު ފުއްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.

ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާއި އެއްގޮތުގެ މަތިން ކަންކަން ކުރިއަށް ގެންދަވާނެކަމަށް އާބަންކޯ އާއި ހަވާލުވެވަޑައިގެން ހުންނެވި ފަޒުލް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް މި މައުލޫއާއިމެދު ވާހަކަދައްކަވައި ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *