ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ދެއްވައިފިއެވެ.

އާ ރައީސް އާއި ނައިބު ރައީސް ހުވާ ކުރުމަށް މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ އާ ސަރުކާރަށް މަޖިލީހުން ދޭންޖެހޭ އެންމެހާ އެއްބާރުލުން ފުރިހަމަ އަށް ދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އަސްލަމް ވަނީ މިއީ ދިވެހި ޖުމްހޫރިއްޔާއަށް ތާރީހީ ދުވަހެއް ކަމަށާއި، ދިވެހި ބަރުލަމާނަށް ވަރަށް ތާރީހީ ޖަލްސާއެއް ކަމަށް ވިދާޅުވެފައެވެ. އަދި, އާ ރައީސް އާއި އެމަނިކުފާނުގެ ނައިބު ރައީސްގެ ހުވާ ކުރެއްވި މަޖިލީހުގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު ލަތީފަށް އަސްލަމް މަރުހަބާ ދެންނެވިއެވެ.

އެގޮތުން, މަޖިލީހުން ކުރިއަށް އޮތް ދުވަސްތަކުގައި ކުރަން އޮތީ މުހިންމު މަސައްކަތްތަކެއް ކަމަށާއި އެ މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަސްލަމް ފާހަގަކުރެއްވީ 2024 ގެ ބަޖެޓުގެ މަސައްކަތްތަކެެވެ.

މަޖިލީހުގެ ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މަޖިލީހުގައި މިހާރުގެ ސަރުކާރު ތަމްސީލުކުރާ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ މަދު މެމްބަރުންތަކެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *