ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ސޯލިހު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޑރ. މުހައްމަދު މުއިއްޒަށް އިހްލާސްތެރި މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ވެރިކަމުގެ މި ފެށޭ ދައުރުގައި މުއިއްޒު އަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މުއިއްޒު ހުވާކުރެއްވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުހައްމަދު މުއުތަސިމް އަދުނާނުގެ ކުރިފުޅުމަތީގަ އެވެ.

މުއިއްޒު އަކީ ރާއްޖޭގެ 8 ވަނަ ރައީސެވެ. އަދި އެމަނިކުފާނަކީ ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސެވެ.

މުއިއްޒު މިހާތަނަށް ހުންނެވީ މާލޭ ސިޓީ މޭޔަރުގެ ގޮތުގަ އެވެ. އޭގެ ކުރިން އެމަނިކުފާނު ހައުސިން މިނިސްޓަރުކަން ދެ ސަރުކާރެއްގައި ކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *