ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވެޑައިގެން އެކަމުގެ ހުވާކުރައްވައިފިއެވެ.

އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ކުރެއްވީ، އެކަމަށްޓަކައި ޖުމްހޫރީ މައިދާނުގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔަތުގައެވެ.

މި ރަސްމިއްޔާތުގައި ރައީސްކަމުގެ ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އަދި ހުވާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ ކުރިފުޅުމަތީގަ އެވެ.

މި ރަސްމިއްޔާތުގައި ހުސައިން މުޙައްމަދު ލަތީފް ވަނީ ރައީސުލްޖުމްހުރިއްޔާގެ ނައިބު ކަމުގެ ހުވާ ކުރައްވާފައެވެ. ނައިބު ރައީސްގެ ހުވާވެސް ލައިދެއްވީ އުއްތަމަ ފަނޑިޔާރެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *