ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ގއ. ގެމަނަފުށި، އޯކިޑުމާގެ، އާދަމް ޒާލިފް އައްޔަންކުރައްވައިފިއެވެ.

ޒާލިފް ފަނޑިޔާރު މަގާމަށް އައްޔަނު ކުރައްވާފައިމިވަނީ ބުރާސްފަތިދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިޔާތެއްގައެވެ.

ޒާލިފް އަކީ ވިލާ ކޮލެޖުން ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ޑިގްރީއާއި މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އޭނާ ވަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމު އަދާކުރައްވާފަ އެވެ.

ޒާލިފްއާއިއެކު ސިވިލް ކޯޓުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ 17 ގާޒީންނެވެ.

ސިވިލް ކޯޓުގެ ގާޒީއަކަށް އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *