ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބައެއް ބިންތައް - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުގައި ކުރިއަށްގެންދިޔަ ގެދޮރުވެރިޔާއާއި ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ނަންތައް ރޭ ޢާންމުކޮށްފިއެވެ.

ދެވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 40،594 މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 19،347 ފޯމް އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 21،247 ފޯމް ވަނީ ހުށަހަޅާފައެވެ.

ރޭ އާންމުކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރޭ އާންމުކުރި މި ލިސްޓްގައި ހިމަނާފައި ވަނީ ހަމައެކަނި ފޯމް ހުށައެޅި މީހުންގެ މައޫލޫމާތު އެކަންޏެވެ. މި ލިސްޓްގައި ފްލެޓާއި ގޯތި ލިބޭ މީހުން ކަނޑައަޅައި، ޕޮއިންޓް ދީފައިވާ ގޮތުގެ މަޢުލޫމާތު ހިމަނާފައެއްނުވެއެވެ.

ރައީސް ސޯލިހްގެ ވެރިކަމުގެ ދައުރު މިއަދަށް ހަމަވާއިރު މި ސަރުކާރުން ކުރިން ބުނެފައިވަނީ ދައުރު ނިމުމުގެ ކުރިން ފްލެޓާއި ގޯތި ލިބޭ މީހުންގެ ނަންތައް ހާމަކުރާނެ ކަމަށެވެ. މި ސަރުކާރުން ދޫކޮށްފައިވާ ގޯއްޗާއި ފްލެޓް އައު ސަރުކާރުން އަތުލަފާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.

ނަމަވެސް އިންތިޚާބީ ރައީސް ވަނީ މި ސަރުކާރުން ގަވައިދުން ދޫކޮށްފައިވާ އެއްވެސް ފްލެޓެއްވެސް އަދި ގޯއްޗެއްވެސް އަތު ނުލައްވާނެ ކަމަށް ވިދާޅުވެފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *