ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ 5 އަހަރު ދުވަހުގެ ރިޔާސީ މަސައްކަތަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ޝުކުރުއަދާ ދަންނަވައިފިއެވެ.

ރައީސް މައުމޫނު ކުރެއްވި އެކްސެއްގަ ރައީސް ސޯލިހަށް ރައްދުކުރެއްވި މެސެޖްގައި ވަނީ ހެޔޮ ސިއްހަތާއި ރަނގަޅު މުސްތަޤްބަލަކަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން ރައީސް މައުމޫނު ވިދާޅުވީ، އެއް ވެރިކަމެއް ނިމި އަނެއް ވެރިކަމެއް ފެށޭ ވަގުތަކީ ، ކޮންމެ ޤައުމެއްގައިވެސް އިންތިހާއަށް މުހިންމު ދަނޑިވަޅެއް. ތަހުޒީބު މުޖުތަމަޢު ތަކުގެ ގޮތަކީ ނިމިގެންދާ ވެރިކަމަށް ހިތްހެޔޮކަމާއެކު ޝުކުރުއަދާކޮށް، އަލަށް އަންނަ ވެރިކަމަށް ހިތުގެ އަޑިން މަރުޙަބާ ކިޔުން ކަމަށެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މަގާމުގެ ޤާނޫނީ ހުވައި ކުރައްވާނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައި ގަންނަވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *