ޑރ. މުއިއްޒުގެ ކެބިނެޓް

ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަޤާމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ 7:45 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަގާމުތަކަށް ޢައްޔަނު ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުންވެސް މިރޭ އޮންނާނެއެވެ.

އަދި އާންމުންނަށް އާ ސަރުކާރު ހުވާކުރުމުގެ އުފަލުގައި ބައިވެރިވެވޭ ގޮތަށް ހަރަކާތްތަކެއް ރޭވިފައިވެއެވެ. ގައުމީ ދިފާއީ ބާރުން މައުލޫމާތު ދެއްވާ ގޮތުގައި އައި ރައީސްގެ އިނޮގްރޭޝަން ހަފްލާ އާއި  ގުޅިގެން ބާއްވާ ބަޑިބޭހުގެ ކުޅިވަރު (ހަވާއެރުވުން) އޮންނާނީ މިރޭ 21:00 ގައި ރަސްމީ ފާލަން (އިއްޒުއްދީން ފާލަން) ކުރިމަތީގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *