ފަލަސްތީންގެ ސަރުކާރުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަލީދު އޭ. އެމް .އަބޫއަލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އަރިހަށް އިއްޔެ އިހްތިރާމްގެ ޒިޔާރާތެއް ކުރައްވައިފިއެވެ.

ފަލަސްތީނާއި ރާއްޖެއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިފަހުން 41 އަހަރުވެފައިވާއިރު ރާއްޖެއަކީ ބައިނަލްއަގްވީ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި, ހައްގުތަށް ކަށަވަރުކޮށްދިނުމަށް ހަރުއަޑުން ގޮވާލާ ގައުމެކެވެ.

ފަލަސްތީނުގެ ސަފީރު ވަނީ ދިވެހިރާއްޖެއާއި ފަލަސްތީނު ދިދަ ޖަހައިގެން ހަދާފައިވާ ރާއްޖެއާއި އެގައުމުގެ ސަގާފީ ސްކާފެއްވެސް ހަދިޔާ ކުރައްވާފައެވެ.

އަރަބި އިސްލާމީ ގައުމުތަކުގެ ތެރެއިން ގާތްގުޅުމެއް ރާއްޖެ އާއި އެކު ފަލަސްތީނުންވެސް ދަމަހައްޓައެވެ.

ފަލަސްތީނަކީ ރާއްޖޭގެ ސިއްހީ ދާއިރާގައިވެސް މުހިންމު ދައުރެއް މިހާރު އަދާ ކުރާ ގައުމެކެވެ. އެގައުމުގެ ފަންނީ މަސައްކަތްތެރިން ރާއްޖޭގެ ސިއްހީ ހިދުމަތުގައި މިހާރު މަސައްކަތް ކުރާކަން ފާހަގަ ކުރެވެއެވެ.

ސަފީރުގެ މި ބައްދަލުކުރެއްވުން އޮތީ މަޖިލީހުގެ އިދާރާގައެވެ. އެ ބައްދަލުވުމުގައި އަމީން އާންމާއި, ސެކެއްޓްރީ ޖެނެރަލް އަދި އެމްޑީޕީގެ ޕީޖީ ގުރޫޕެ މެންބަރެއްވެސް ބައިވެރިވަޑައިގެންނެވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *