މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން ބަދުނާމު އަޅުވައި ތުހުމަތު ކުރެވުނު ތިޖޫރީ އާއި 13 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވުމުގެ މައްސަލަ ބައްލަވައި ދެއްވައި އޭނާ ކުށްވެރި ވާނަމަ އިންސާފު ކޮށްދެއްވުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު ( މޫކޭ) އެދިވަޑައިގެންފިއެވެ.

މާދަމާ އައު ދައުރަކަށް ހުވާ ކުރައްވާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރަށް މަރުހަބާ ދަންނަވަމުން މޫކޭ ވިދާޅުވީ އޭނާގެ ކުށެއްވޭތޯ ބައްލަވާ ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މޫކޭ މިހެން ވިދާޅުވީ އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ އެންމެ ފަހު ދުވަހު މުވައްޒަފު އެކު ބޭއްވެވި  ވަދާއީ ބައްދަލުވުމުގައި އެވެ.

މޫކޭ ވިދާޅުވީ ޒިންމާ އާއި މަސްއޫލިއްޔަތުގެ ތެރެއިން އެއްވެސް ބޭފުޅަކަށް ބޭއިންސާފުވެވި ދެރަބަހެއް ރައްދުކުރެވިފައި ވާނަމަ ނިހާޔަތަށް މަޢާފަށް އެދޭކަމަށެވެ.

އަދި ހުރިހާ ފަރާތްތަކަށްވެސް ޝުކުރު ވެރިވާކަމަށް މޫކޭ  ވިދާޅުވިއެވެ.

އާރްޑީސީ އާއި ގުޅޭ ބޮޑެތި ތުހުމަތު ތަކެއްގައި މި ހަފްތާގައި ފުލުހުންނާއި އޭސީސީން ވަނީ އާރްޑީސީ ބަލާ ފާސްކޮށްފައެވެ. އަދި ބައެއް ކޮމްޕިއުޓަރުތަކުގެ ހާޑް ޑްރައިވްއާއި ބައެއް ލިޔިންކިޔުންތައް ފަދަ ތަކެތި ފުލުހުން ވަނީ ގެންގޮސްފައެވެ.

އޭސީސީން އަންނަނީ އާރްޑީސީއަށް ތުހުމަތު ކުރެވޭ ހިޔަނާތުގެ ސީރިއަސް މައްސަލަތަކެއް ތަހްގީގު ކުރަމުންނެވެ.

ފުލުހުން އާރްޑީސީ އާއި ގުޅޭ ގޮތުން ބަލަމުންގެންދަނީ ދާދި ފަހުން ފެންމަތިވި 13 މިލިއަން ރުފިޔާގެ ޕެޓީ ކޭޝްގެ މައްސަލަކަމަށް ބެލެވެއެވެ.  އެކަމާއި ގުޅޭ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ވަނީ އާރްޑީސީ އޮފީސް ފާސްކުރުމުގެ އިތުރުން އާރްޑީސީގެ ފިނޭންޝިއަލް މެނޭޖަރ ދިރިއުޅޭ ތަން ވެސް ބަލާ ފާސްކޮށްފައެވެ. މަސްތުވާތަކެއްޗާއި  އެކު  އޭނާ ހައްޔަރު ކުރި ނަަމަވެސް ކޯޓުވަނީ ޝަރުތުތަކާއެކު އޭނާ ދޫކޮށްލާފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *