މި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އޮކްޓޯބަރު މަހު ޑެންގީހުން ޖެހިގެން ރިޕޯޓްކުރެވުނު އަދަދު އިތުރުކަމަށާއި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެއްްކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މި 2023 ވަން އަހަރުގެ ސެޕްޓެމްބަރަު މަހު ޑެންގީހުން ޖެހިގެން 288 މީހުން ރިޕޯޓްކޮށްފައިވާއިރު ފާއިތު އޮކްޓޯބަރު މަހު ޑެންގީހުން ޖެހިގެން ރިޕޯޓްކޮށަފައިވަނީ 305 މީހުންކަމަށެވެ.

މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވާވާ ފަދަ ހެދުންލުމާއި މަދިރި ލޯޝަން އަދި މަދިރި މަރާ ބޭސް ބޭނުންކުރިން މުހިއްމުކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ޑެންގީ ހުން ޖެހިއްޖެނަމަ ގިނައިން އަރާމުކޮށް ކުރުންބާފެން ފަދަ ދިޔާތަކެތި ބޭނުންކުރުން މުހިއްމުކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ޑެންގީހުމުގެ އިތުރުން އެޗްޕީއޭއިން ބުނީ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އޮކްޓޯބަރު މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރެވުނު އަދަދުވެސް މައްޗަށް ގޮސްފައިވާކަމަށެވެ. އެގޮތުން ސެެޕްޓެމްބަރު މަހު 7150 މީހުން ބޭރަށްހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާއިރު އޮކްޓޯބަރު މަހު މިބަލި ޖެހިގެން ރިޕޯޓްކޮށްފައިވަނީ 9743 މީހުންކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ ސެޕްޓެމްބަރު މަހައްވުރެއް އޮކްޓޯބަރު މަހު އަރަދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރެވުނު އަދަދު ދަށަށް ގޮސްފައިވާކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހު އެ ރޯގާ ޖެހިގެން 39،481 މީހުން ރިޕޯޓްކޮށްފައިވާއިރު އޮކްޓޯބަރު މަހު އެ ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 33،854 މީހުންކަމަށެވެ.

މީގެއިތުރުން އިންފްލުއެންޒާއަށް ފާއިތުވި އޮކްޓޯބަރު މަހު 47 މީހުން އެ ބައްޔަށް ޕޮސިޓިވް ވެފައިވާއިރު މި 2023 ވަނަ އަހަރުގެ މިހާތަނަށް 1963 ސާމްޕަލްގެ ތެރެއިން ޖުމްލަ 361 ސާމްޕަލް ޕޮސިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *