އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ)

ޒުވާން ޓީމަކާއި އެކު ސުމަކުން ފަށައިގެން ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގާ ކުންފުންޏަކަށް އާރްޑީސީ ހެދިއްޖެ ކަމަށް، ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އަލްއުސްތާޒް މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މޫކޭ ވަނީ އެކުންފުނީ މުވައްޒަފުންނާއި އެކު ވަދާއީ ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމުގައި އޭނަ ވިދާޅުވީ، ގެއަށް އެނބުރި ވަޑައިގަންނަވަނީ، ނެތް އެއްޗެއް ވުޖޫދުކޮށް ފަންނީ އެތަކެއް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތު ތަކެއް ފަހި ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުމާއި އެކުކަމަށެވެ.

އަދި ޒުވާނުންނަށް ކޮންމެ ފަދަ މަސައްކަތެއް ކުރުމަށް ފުރުސަތު ލިބިއްޖެނަމަ ކުރެވޭނެކަން ސާބިތު ކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ޤައުމަށް ޚިދުމަތް ކުރުމަށް ދެއްވި ފުރުސަތައް ޝުކުރު ދަންނަވާ ކަމަށާއި، ރައީސް ޞާލިޙުއަކީ މި ޤައުމުގެ ހިންގުމުގެ ދާއިރާއިން އެންމެ ގިނަ ޒުވާނުންނަށް ފުރުސަތު ދެއްވި ފަރާތްކަމަށް މޫކޭ ވިދާޅުވިއެވެ.

ރައީސް ސޯލިހަކީ ދިވެހި ޤައުމު ދުވަހަކު ނުދެކޭ ތަރައްޤީ އަތޮޅު ތެރެއަށް ގެނެސްދެއްވި ތަރައްޤީގެ ޗެމްޕިއަނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީމަނިކު ވަނީ އެ ކުންފުނީގެ ޗެއަރމަން އަދި ބޯޑު މެމްބަރުންނާއި ސީނިއަރ މެނޭޖްމަންޓަށް ދިމާވި އުނދަގުލާއި ދަތީގައިވެސް އުންމީދާއި އެކު ކުރެއްވި ބުރަ މަސައްކަތާއި ބެހެއްޓެވި ގާތްކަމަކީ ދުވަހަކުވެސް ހަނދާނުން ފުހެވިގެން ދާނެ ކަމެއް ނޫން ކަމަށް މޫކެ ވިދާޅުވިއެވެ.

ނެތް އެއްޗަކުން އެއްޗެއް އުފެއްދުމަށް ހުރިހާ މުވައްޒަފުން ކުރި ހިތްވަރާއި އޮހޮރުވި ދަލަކީ ފަޚުރުވެރިވާ ކަމަށާއި  ކުންފުނީގެ ދަރަޖަ ކިޔާ ދިނުމުގައި އުދަލި، ބަރޯ، ފަކީރާ ފަދަ ވާހަކަތަކަކީ ފުރަތަމަ އަހަރުގެ ނޫސްތަކުގެ ހެޑަލައިންގައި ރަސްކަން ކުރި ވާހަކަތަކެއްކަމަށް މޫކޭ ފާހަގަ ކުރެއްވިއެވެ.

އެއިން ކޮންމެ ވާހަކައެއް ކުންފުނީގެ މުވައްޒަފުން ބަލައިގަތީ ހިތްވަރު ހޯދާ ހަތިޔާރެއްގެ ގޮތުގައިކަމަށާއި ވެރިންނަށް ކިޔަމަންވެ ކުންފުންޏާއި ޤައުމުގެ މަސްލަޙަތު އިސްކުރުމުގައި ޞާބިތުވެ ތިބޭ ހީވާގި މުވައްޒަފުންތަކެއްކަން އަބަދުވެސް ޞާބިތު ކޮށްދިނުމަށް  ކަމަށް މޫކޭ ވިދާޅުވިއެވެ.

ގިނަ ކަންކަން ބޭނުންވި ގޮތަށް ނުކުރެވިފަވެސް ހުންނާނެކަމަށާއި މުވައްޒަފުންނާއި އެކު ކުރެވުނު ކާމިޔާބު ދަތުރުގައި ނަގަން ޖެހުނު ބަދުނާމުތައް މަދެއްވެސް ނޫން. އާރްޑީސީން ޤަބޫލުކުރި ހަމައަކީ ކުންފުނީގެ މުވައްޒަފުން ކުރާ މަސައްކަތުން ލިބޭ ރީތިނަން ކުންފުންޏަށް ރައްދުވާ ބީދައިން ހެދޭ ކުށްތަކުން ލިބޭ ބަދުނާމު އެޅުމުގެ ހިތްވަރު ކުންފުޏެއްގައި ހުންނަންވާނެކަމަށް.

ސިޔާސީ ފިކުރަށް ބެއްލެވުމެއްނެތި ރަށް ރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުން ދެއްވި އެއްބާރުލެއްވުމަކީ ވަރަށްވެސް ފުރިހަމަ ނަމޫނާއެއްކަމަށް މޫކޭ ވަނީ ފާހަގަކުރައްވާފައެވެ.

އަދި އަމީނީ މަގަކީ މި ޒުވާން ޓީމުން ކުރިމަތިލީ ބޮޑު ޗެލެންޖިންގ މަސައްކަތެއްކަމަށާއި މަގުގެ ބޮޑުބައި ނިންމާ އެ މަގު ބޭނުން ކުރާ ފަރާތްތަކަށް ލުއި ފަސޭހަ ހޯދައިދެވުމަކީ ކުރެވުނު ކާމިޔާބު މަސައްކަތެއްކަމަށްވެސް ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *