ނައިބު ރައީސް ފައިސަލް ނަސީމް

މުސްތަގްބަލްގައިވެސް ގައުމަށް ފައިދާހުރި ހިދުމަތް ކޮށްދިނުމުގައި ދެމިހުންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް މިފަދައިން ވިދާޅުވީ ދައުރުގެ އެންމެ ފަހު ދުވަހު ދިވެހިރާއްޖޭގެ އަޑުގެ "އަދުގެ ރާއްޖެ" ޕްރޮގްރާމަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

މިޕްރޮގްރާމްގައި ހާއްސަ މެހެމާނެއްގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ޤައުމުގެ ރައްޔިތުން ބަލައިގަންނަ ކަމެއް ކޮށްދިނުމުގެ އަޒުމު އެންމެ ކުރީއްސުރެވެސް އެމަނިކުފާނު ދުށް ކަމަށެވެ. ނައިބު ރައީސްކަމުގެ މަގާމުގެ އެންމެ ފަހު ދުވަސް ކަމުގައިވިޔަސް ކުރިއަށް އޮތާންގައިވެސް އެމަނިކުފާނު އަދާކުރައްވާ ކޮންމެ މަގާމެއްގައި ހުންނަވައިގެން މުޖުތަމައަށާއި ރައްޔިތުންނަށް އެހީތެރިވުމުގައި ދެމިހުންނަވާނެކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ ކުޑައިރުން ފެށިގެން ޙާއްސަ ހަނދާންތަކެއް ދިވެހިރާއްޖޭގެ އަޑާއި ގުޅިފައިވާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ އަޑުން ކުރަމުންދާ މަސައްކަތަކީ އަގުހުރި މަސައްކަތެއް ކަމަށާއި އެކުރައްވާ ބުރަ މަސައްކަތް އެމަނިކުފާނު ބަލައިގަންނަ ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އެ މަނިކުފާނުވަނީ ޒުވާނުންނަށް ހާއްސަ ނަސޭހަތެއްދެއްވާފައެވެ.

ނައިބު ރައީސް ވިދާޅުވީ މުސްތަޤްބަލް ބިނާވާނީ ޒުވާނުންގެ މައްޗަށްކަމަށެވެ. ޒުވާނުން ރަނގަޅު ގޮތުގައި ވަގުތުތައް ހޭދަކުރަންޖެހޭކަމަށާއި، ކަންކަން ދަސްކޮށް ޒިންމާދާރު މީހަކަށް ވާންޖެހޭކަމަށާއި އަދި ގަައުމާ ދޭތެރޭ ވިސްނާ ބަޔަކަށް ވާން ޖެހޭކަމަށެވެ. އަދި ހަމަޖެހުމާއި، އެއްބައިވަންތަކަމަށް ލޯބިކުރާ ބަޔަކަށް ވާން ޖެހޭ ކަމަށާއި، އިހްތިރާމްކުރާ ބަޔަކަށް ވާންޖެހޭކަމަށާއި އަދި ގަޑިއަށް ފަރުވާތެރިވެ ގައުމީ ވިސްނުން ގެންގުޅޭ ބަޔަކަށް ވާންޖެހޭކަމަށްވެސް ނައިބު ރައީސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަދުގެ ރާއްޖެ" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށްފަހު ނައިބު ރައީސް ވަނީ ދިވެހިރާއްޖޭގެ އަޑުގެ މުވައްޒަފުންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *