ފުލެޓް ކޮމިޓީގެ ބައްދަލުވުމެއް - ފައިލް ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

މި ސަރުކާރުން ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ކުރިޔަށް ގެންދާ 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް ރޭ ކުއްލި ގޮތަކަށް އިއުލާނު ކުރުމަށްފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހުއްޓާލައިފި އެވެ.

ފްލެޓް ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހައުސިން މިނިސްޓްރީން މިއަދު ހުއްޓާލާފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަށެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގެދޮރިވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށަގަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށް ނުގެންދިޔުމަށް އޭސީސީން އަންގާފައިވާތީ އެ ސްކީމްގެ ދަށުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތަކާއި ގުޅިގެން އޭސީސީން ވަކި ގޮތެއް އަންގަންދެން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހުއްޓާލައިފާވާ ކަމަށެެވެ.

ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއްޔެ އާއްމުކޮށް ފްލެޓުތަކުގެ ގުރުނެގުމުގެ މަސައްކަތް ފެށުމާ އެކު އޭސީސީން ވަނީ އެ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓްތައް ޙަވާލުކުރުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ހުއްޓާލުމަށް އަންގާފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު ފުރަތަމަ އާންމުކުރީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ފުލެޓު ދިނުމުގައި ހަމަހަމަކަން ނެތްކަމަށް ބުނެ ފުލެޓަށް ކުރިމަތިލި ގިނަބަޔަކު ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރަން ފެށުމުން ވަނީ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *