އެސް.އެމް.އީ ފައިނޭންސް ފޯރަމް"ގެ މެންބަރުކަން ރާއްޖޭގެ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން، އެސް.ޑީ.އެފް.ސީއަށް ލިބިއްޖެއެވެ.

މިއީ އެ ޖަމްޢިއްޔާގެ މެންބަރުކަން ލިބުނު ފުރަތަމަ ދިވެހި ކުންފުންޏެވެ.

އެސް.އެމް.އީ ފައިނޭންސް ފޯރަމްގެ މެންބަރުކަން އެސް.ޑީ.އެފް.ސީއަށް ލިބުމާގުޅިގެން އެ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒީނާދު ވިދާޅުވީ، އެ ޖަމްޢިއްޔާއާއި ގުޅިގެން އިންޑަސްޓްރީގެ ލީޑަރުންނާއި ގުޅުން ބަދަހިކޮށް، ދާއިރާއާއި ގުޅުންހުރި އައު ޢިލްމާއި ތަޖުރިބާ ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ.

އެސް.އެމް.އީ ފައިނޭންސް ފޯރަމަކީ 2012 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދީގޮތުން އެންމެ ކުރިއަރާފައިވާ 20 ޤައުމުގެ މައްޗަށް އެކުލެވޭ ޖަމްޢިއްޔާ "ޖީ20" އިން އުފައްދާފައިވާ ދުނިޔޭގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާއެކެވެ.

މި ފޯރަމަކީ 190 ޤައުމުގެ ބައިވެރިން ހިމެނޭހެން 240 އަށްވުރެ ގިނަ މާލީ އިދާރާތަކާއި، ކުންފުނިތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *