ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓްތައް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓުތަކުގެ ފައިނަލް ލިސްޓާއެކު ފްލެޓްތަކުގެ އަގުތައް އިޢުލާނުކޮށްފިއެވެ.

ފްލެޓްތަކުގެ އަގުތަކަށް ބަލާއިރު، ތިން ކޮޓަރީގެ ފުލެޓްގެ މަހު ކުލި މަރާމާތު ފީއާއެކު 8،000 ރުފިޔާއަށް އަރާއިރު، ދެ ކޮޓަރީގެ ފްލެޓުގެ ކުއްޔަކީ މަރާމާތު ފީއާއެކު 6،000 ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އެ މިނިސްޓްރީން މިރޭ ގެޒެޓު ކުރި އިޢުލާނުގައި ބުނީ، ދާއިމީ ލިސްޓު އެކުލަވާލީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށެވެ.

ލިސްޓަށް އައިސްފައިވާ ބަދަލާއެކު ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓު ލިބޭ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް، 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އިޢުލާނުގައި ވަނީ ބުނެފައެވެ.

އަދި މި ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުލި ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ޙަވާލުކުރާ ތާރީހުންފެށިގެން ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހު ކަމަށް އިޢުލާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން  ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް 1 ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް 1 ފުލެޓް ކަމަށް އިޢުލާޏުގައި ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި 4،000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފްލެޓަށް ފޯމު ހުށަހެލި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *