ދުވާފަރު ބިން ހިއްކާނީ އެމްޓީސީސީގެ މަހާޖައްރާފާއިން

ބިން ހިއްކުމުގެ މަސައްކަތް ކުރާ އެމްޓީސީސީގެ ޑްރެޖަރު "މަހާ ޖައްރާފު" އަންނަ މަހު އަލުން މަސައްކަތުގައި ބޭނުނުންކުރަން ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރކެޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.

2017 ވަނަ އަހަރު ބަނދެގެން ގެނެސްފައިވާ "މަހާ ޖައްރާފު" އަކީ ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި ރާއްޖެއަށް ގެނައި އެންމެ ބޮޑު ޑްރެޖަރެވެ. ނަމަވެސް ދިމާވި ބައެއް މައްސަލަތަކަކާއި ގުޅިގެން އެ ޑްރެޖަރު ހަލާކުވެފައިވަނީ 2021 އަހަރުގެ ފަހުކޮޅުގައެވެ. އަދި ނެދާލޭންޑްސް ގެ ކުންފުންޏަކުން މަރާމާތުކޮށްފައިވާ މި ޑްރެޖަރު، އެމްޓީސީސީން ދަނީ އަލުން ބޭނުންކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މަހާ ޖައްރާފް" އަށް ދިމާވި މައްސަލަތައް ހައްލުކުރުމަށްފަހު މިހާރު ރާއްޖެ ގެނެސްފައިވާކަމަށާއި މިހާރު ކުރިއަށް ދަނީ ޑްރެޖަރ ރާއްޖެ ގެނެސް އޮޕަރޭޝަނަށް ބޭނުންކުރުމުގެ ކުރިން ކުރަން ޖެހޭ ބައެއް މަސައްކަތްކަމަށެވެ. އަދި އަދި އަންނަ މަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންކުރަން ފަށަން ތައްޔާރުވެފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

"މަހާ ޖައްރާފް"އަކީ އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލިބަރު ކުރެވޭވަރުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. 36 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އެމް.ޓީ.ސީ.ސީން "މަހާ ޖައްރާފު" ބަނދެފައިވަނީ، ނެދަލެންޑްސްގެ އައި.އެޗް.ސީއާއި ހަވާލުކޮށްގެން ޗައިނާގެ "ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ"ގެ ބޯޓު ޔާޑުގައެވެ. މި އުޅަނދަކީ ކަނޑުގެ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

މަހާ ޖައްރާފް"އަކީ އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލިބަރު ކުރެވޭވަރުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެއްކަމަށްވާއިރު 36 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އެމް.ޓީ.ސީ.ސީން "މަހާ ޖައްރާފު" ބަނދެފައިވަނީ، ނެދަލެންޑްސްގެ އައި.އެޗް.ސީއާއި ހަވާލުކޮށްގެން ޗައިނާގެ "ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ"ގެ ބޯޓު ޔާޑުގައެވެ.

މި އުޅަނދަކީ ކަނޑުގެ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *