ފުލުހުން

އިންތިގާލީ މަރުހަލާގައި ފުލުހުންނަށް ދީފައިވާ ޕްރޮމީޝަންތަކަކީ ރިޔާސީ އިންތިޚާބުގެ މާކުރިން ދިނުމަށް ނިންމާފައިވާ ޕްރޮމޯޝަންތަކެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިހެން ވިދާޅުވީ، ވެރިކަން ބަދަލުވުމުގެ މި ދަނޑިވަޅުގައި ޕްރޮމޯޝަންތައް ނުދިނުމަށް އިންތިހާބީ ރައީސް އެދިވަޑައިގަންފައި ވަނިކޮށް ގިނަ ޢަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފައިވާކަން ހާމަވެފައިވަނިކޮށެވެ.

މި ސަރުކާރު ނިމެން 2 ދުވަހަށް ވެފައިވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދިންކަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ އިންތިޚާބީ ރައީސަށް މެސެޖަކުން ދަންނަވާފައެވެ.

ފުލުހުން ބުނީ މި ޕްރޮމޯޝަންތަކަކީ ފާއިތުވި އޭޕްރީލް މަހުން ފެށިގެން އިއުލާންކޮށް ދޭން ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއްކަން ނަމަވެސް ޕްރޮމޯޝަން އޭރު ދީފައިނުވަނީ އިންތިހާބު ކައިރިވެފައި އޮތުމުންނާއި، އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެތީ ކަމަށެވެ.

އިންތިހާބީ ރައީސްގެ އެދިވަޑައިގަތުމާއި ހިލާފަށް ފުލުހުންނަށް ޕްރޮމޯޝަން ދިން މައްސަލާގައި އިންތިޚާބީ ރައީސްގެ އޮފީހުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ރިޓަޔަރކުރައްވާ ޕޮލިސް ކޮމިޝަނރ މުޙައްމަދު ޙަމީދު ވިދާޅުވެފައިވަނީ، ފުލުހުންނަށް ޕްރޮމޯޝަން ދިނީ އުސޫލުގެ ތެރެއިންކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *