ޗީފް އޮމްބަޑްސްޕާސަން ސަލާމް (ކ) އަދި އިންވެސްޓިގޭޝަން އޮފިސަރު މުހައްމަދު

ބޮޑެތި ތުހުމަތުތަކެއްގެ ހެކި ހޯދަން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް އޭސީސީން ވަދެއްޖެ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް 'ޖަޒީރާ' އަށް ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ވަދެފައިވަނީ އޭސީސީއަށް ހުށަހެޅިފައިވާ ބޮޑެތި ތުހުމަތު ތަކަކާއި ގުޅިގެން ކަމަށެވެ.

ދާދިފަހުން އޮންބަޑްސްޕާސަން، ޖިހާދާ އަނީސް ވަނީ އެ އޮފީހަށް ބޮޑެތި ތުހުމަތެއް ކުރެއްވުމަށްފަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އިތުބާރު ހުރި މަސްދަރަކުން 'ޖަޒީރާ' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން އޮންބަޑްސް ޕާސަންގެ އޮފީހަށް ވަނީ އޭސީސީއަށް މިހާރު ހުށަހަޅާފައި ބޮޑެތި މައްސަލަތަކެއްގެ މައުލޫމާތު ސާފުކުރުމަށެވެ.

އޭސީސީން އޮންބަޑްސްޕާސަންގެ އޮފީހުގައި ހަރަކާތްތެރިވަނީ، އެ އިދާރާއިން ލިޔެ ކިޔުންތައް ބަދަލު ކުރަން އުޅޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކަކާއި، އޮންބަޑްސްޕާސަންގެ އޮފީހުން ތަހުގީގު ކުރާ މައްސަލަތަކުގައި ހެކިބަސް ދީފައިވާ ހެކިންނާއި ގުޅޭ ގޮތުން އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލަތަކަކާއި ގުޅޭ ލިޔެކިއުންތަކެއް ހޯދުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *