އާރްޑީސީ އޮފީސް ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ: ފޮޓޯ: ސޯޝަލް މީޑިއާ

ރޯޑް ޑިވަލަޕްމަންޓް ކޯޕަރޭޝަން، (އާރުޑީސީން) ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން އެ އިދާރާއިން ބައެއް ލިޔެކިޔުންތައް ފުލުހުން ގެންގޮސްފިއެވެ.

ފުލުހުން ބުނީ އަންގާރަ ދުވަހު ހެނދުނު ފުލުހުންނާއި އޭސީސީން ވަދެ، އެދުވަހުގެ 11 ޖެހުމާއި ހަމައަށް އެ އިދާރާގައި ހަރަކާތްތެރިވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ގިނަ އަދަދެއްގެ ލިޔުންތައް ފުލުހުންގެ ވެހިކަލެއްގައި ގެންގޮސްފައިވާކަމަށެވެ.

ފުލުހުން ބުނީ މައްސަލަ އާއި ގުޅުންހުރި ބައެއް ތަކެތި އެފަރާތުގެ ބެލުމުގެ ދަށަަށް ގެނެސް މިހާރު ދަނީ އެތަކެތި އެނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންކަމަށެވެ. ފުލުހުން އިތުރަށް ބުނީ އެ ފަރާތުން ބަލަމުން ދާ މައްސަލައަކާއި ގުޅިގެން އާރްޑީސީ ބަލާ ފާސްކޮށް ފުލުހުންގެ ތަހުގީގަށް ބޭނުންވާ ލިޔެކިޔުމާއި، ޑޭޓާގެ ބެކް އަދި ބައެއް ކޮމްޕިއުޓާތަކުގެ ހާޑް ޑިސކްވެސް ވަނީ އެފަރާތުން ގެންގޮސްފައިކަމަށެވެ.

އަދި އެކަމާ ގުޅިގެން ކުންފުނީގެ މެނޭޖަރެއްގެ ގެ ބަލާ ފާސްކޮށްފައިވާކަމެއް ރަސްމީކޮށް އެނގިފައެއް އަދި ނުވެއެވެ.

ބައެއް މީޑިއާތަކުން މައުލޫމާތު ލިބޭގޮތުގައި ފުލުހުން އާރުޑީސީއަށް ވަދެ ގެންގޮސްފައިވާ ލިޔެކިޔުންތަކަކީ ދާދި ފަހުން އެތަނުން ފެންމަތިވި 13 މިލިއަން ރުފިޔާގެ ޕެޓީކޭސް އާ ގުޅޭ މައްސަލައިގެ ތަޙުޤީގަށް ބޭނުންވާ ލިޔެކިޔުންތަކެއްކަމަށެވެ.

މީގެ ކުރިން އާރުޑީސީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ފައިސާ ވަންނަކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އާރްޑީސީން ވަނީ އެތަނުގެ މުވައްޒަފުންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ޕެޓީކޭޝްގެ ގޮތުގައި މުވައްޒަފުންނަށް ދޭ ފައިސާކަމަށް ބުނެފައެވެ.

އިންތިހާބީ ރައީސް އެކުލަވާލާފައިވާ އިންތިގާލީ ކޮމެޓީތަކުންވެސް ވަނީ ސަރުކާރު ހިއްސާވާ އަދި ދައުލަތުގެ ބައެއް ކުންފުނިތަކުގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *