ބަންޑާރަނައިބު އިބްރާހިމް ރިފްއަތު

ބަންޑާރަ ނައިބުގެ އޮފީހުން ޒަކާތް ހިމެނޭހެން 3 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވައިފިއެވެ.

ޒަކާތުގެ އިތުރުން ދެން އެ އޮފީހުން ރައީސް އޮފީހަށް ފޮނުވި ބިލްތަކުތެރޭގައި ހިމެނެނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަކާއި މެރިން ސްޕެޝަލް ޕްލޭނިންގއާ ބެހޭ ބިލެކެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެކި ދާއިރާތަކާއި ގުޅޭ މުހިންމު ގިނަ ބިލްތަކެއްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުނިމި ހުރުމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން އެ އޮފީހުން ވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ 30 ބިލެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށް ބުނެފައިވެއެވެ.

މީގެތެރޭގައި ޢާއްމު އިޖުތިމާޢީ އެކި ދާއިރާތަކާއި ގުޅޭ ބިލްތަކުގެ އިތުރުން ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް ކޮންމެހެން އިސްލާޙުކުރަންޖެހޭ ބިލްތައް ހުރިކަން އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

އަދި ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެ އޮފީހުން ހުށައަޅާފައިވާ އެކި ބިލްތަކުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ހިސާބުވެސް ހާމަކޮށްފައެވެ. އެ ގޮތުން މަޖިލީހުގެ އެކި ކޮމިޓީތަކުގައި 20 ބިލެއްގެ މަސައްކަތް ކުރިއަށްދާއިރު 2 ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށްދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި 3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، 5 ބިލެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތްކަންވެސް ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކޮށްފައި ވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނިގޮތުގައި 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 153 ބިލް ހުށައަޅާފައިވާއިރު މިހާރު ވަނީ 120 ބިލެއް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާ ގާނޫނަކަށް ބަދަލުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *