ރައީސް ސޯލިހާއި ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް

ރައީސް ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އަނިޔާވެރިކަމާ ނުލައި ރައްޔިތުންނަށް މިނިވަންކަން ދީގެން ހެޔޮ ވެރިކަމެއް ކޮށް، ތަރައްޤީވެސް ގެނެސްދިނުން ކަމަށް އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މި ދައުރުގެ އެންމެ ފަހު ވަޒީރުންގެ މަޖިލިސް ނިންމަވާލެއްވުމަށްފަހު މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ތަރައްޤީ ގެނެވޭނީ ޚުދުމުހުތާރު ވެރިއަކަށް ކަމަށް ބުނާތީ ވަރަށް ގިނައިން އަޑު އިވޭ ކަމަށެވެ. ނަމަވެސް އެއީ ހަޤީގަތެއް ނޫންކަމަށާއި ޑިމޮކުރެސީއާ މިނިވަންކަމާ އެކުވެސް ތަރައްޤީ ގެނެސްދެވޭނެކަން މި ސަރުކާރުން ވަނީ ސާބިތު ކޮށްދީފައި ކަމަށެވެ.

ބޮޑެތި ގޮންޖެހުންތަކާ އެކު ވެސް ރާއްޖޭގެ ހުރިހާ ދާއިރާތައަކަށް ކާމިޔާބީތަކެއް ހޯދައިދެވިއްޖެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. ވެރިކަމާ ހަވާލުވި އިރު، ގައުމު އޮތީ ވަރަށް ދަށް ހާލަތެއްގައިކަން ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، އުމްރާނީ ގޮތުންނާއި އިގުތިސާދީ ގޮތުން އަދި އަދުލު އިންސާފުގެ ދާއިރާއިންނާއި އިޖުތިމާއީ ގޮތުން ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް މިހާރު ގެނެވިފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *