އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

މީޑިއާ ހިންގުމަށް ޚާއްސަ މީޑިއާ ވިލެޖެއް މާލެ ސަރަޙާއްދުގައި ތަރައްޤީކޮށް ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ހިލޭ ސްކޮލަޝިޕް ދީގެން ކިޔެވޭނެ އިންތިޒާމް ފަހިކޮށްދެއްވާނެކަމަށް އިންތިހާބީ ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ނޫސްވެރިންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފްލާގައި ރާއްޖޭގެ ނޫސްވެރިން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި، މި ދާއިރާ ތަރައްޤީކުރަން ބޭނުންވާ ގިނަ ޚިޔާލުތަކެއް އިންތިޚާބީ ރައީސާއި ހިއްސާކުރައްވާފައެވެ. އެގޮތުން އަމިއްލަ މީޑިއާތައް ހިންގުމަށް ތަންތަން ކުއްޔަށް ހިފުމުގެ ސަބަބުން ކުރަންޖެހޭ ބޮޑު ހޭދަ ފާހަގަކޮށް އަދި ނޫސްވެރިންނަށް ތަމްރީނާ ހުނަރު ދަސްކޮށްދިނުމުގައި ހުރި ދަތިތަކާއި، މީޑިއާ ހިންގުމަށް ދިމާވާ މާލީ ދަތިތަކުގެ ކަންބޮޑުވުން ފާޅުކޮށް ހިއްސާކޮށްފައެވެ.

މުއިއްޒު ވިދާޅުވީ މިހާރު ނޫސްވެރިން މަސައްކަތްކުރައްވަނީ ތަންތަން ކުއްޔަށް ހިފައިގެންކަމަށާއި އަދި އެއީ މިހާރުން މިހާރަށް ޙައްލުކުރެވޭނެކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް އެ މަނިކުފާނުގެ ސަރުކާރެއްގައި މަސައްކަތްކުރާނީ ކުރިއަށް އޮތްތަނުގައި ގްރޭޓަރ މާލޭ ރީޖަންގައި މީޑިއާތަކަށް ޚާއްސަ މީޑިއާ ކްލަބެއް، މީޑިއާ ވިލެޖެއް ޤާއިމުކުރުން ކަމަށެވެ.

ނޫސްވެރިންނަށް ތަޢުލީމާއި ހުނަރުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމާއި ގުޅޭގޮތުން އިންތިޚާބީ ރައީސް ވިދާޅުވީ، ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ހިލޭ ސްކޮލަޝިޕް ދީގެން ކިޔެވޭނެ އިންތިޒާމް ފަހިކޮށްދެއްވާނެކަމަށެވެ. މިއީ މިދާއިރާގައި ތަޢުލީމީ ނޫސްވެރިން އުފެދިގެންދާނެ ކަމެއްގެ ގޮތުގައި އިންތިޚާބީ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މީޑިއާއަށް އޮތް މާލީ ދަތިކަން ހައްލު ކޮށްދެއްވުމުގެ ގޮތުން ފައިސާ، އަންނަ 2024 އަހަރުގެ ބަޖެޓުގައި ހިމެނުމަށް މަސައްކަތްކުރައްވާނެކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މި ހަފްލާގައި އެމަނިކުފާނު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށައެޅުއްވި ހިސާބުން ފެށިގެން މިހާތަނަށް ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް އެކުލެވޭ ޚާއްޞަ ފޮތެއް ބުރާސްފަތި ދުވަހު ނެރުއްވާނެކަން އިއުލާންކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *