ފިނޭންސް މިނިސްޓްރީ

ދައުލަތުން ކުރިއަށް ގެންދާ 5 މިލިއަން ރުފިޔާއިން މަތީގެ ބީލަންތައް އިއްޔެއިން ފެށިގެން ބަލައިގަންނާނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެގޮތަށް ހަމަޖައްސާފައިވަނީ އިލެކްޓްރޯނިކް ނިޒާމުގެ ތެރެއިން ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބީލަން ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

2021 ވަނަ އަހަރު ތަޢާރަފްކުރެވުނު ބީލަން ޕޯޓަލް އިތުރަށް ތަރައްޤީކޮށް ދައުލަތުން ކުރިއަށް ގެންދާ 5 މިލިއަން ރުފިޔާއަށްވުރެ މަތީގެ ހުރިހާ ޕްރޮކިއުމަންޓްތަކެއް މިޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭގޮތަށް ފަރުމާ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މިއާއެކު އިއްޔެ އިން ފެށިގެން 5 މިލިއަން ރުފިޔާއަށްވުރެ މަތީގެ ހުރިހާ ޕްރޮކިއުމަންޓްތަކުގެ ބީލަންތައް ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީންވަނީ އަންގަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *