ރައީސް ސޯލިހާއި މިނިސްޓަރ ޝާހިދު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ޚާރިޖީ ދާއިރާ އޮތީ ބިކަވެ، އެކަހެރިވެ މުޅިން ބާކީވެފައިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ، ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެ ބޭފުޅަކަށް ދެއްވުމަށް ހޯމަ ދުވަހު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ، ރައީސް ސާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ޚާރިޖީ ދާއިރާ އޮތީ ބިކަވެ، އެކަހެރިވެ މުޅިން ބާކީވެފައިކަމަށެވެ. އެކަން އޭރު ދިމާވީ ޚާރިޖީ ޓީމުގެ ސަބަބަކުން ނޫން ކަމަށާއި، އޭރު ކަނޑައެޅިފައި އޮތް ސިޔާސަތުތައް ގޯސްވުމުންކަމަށް ޝާހިދު ވިދާޅުވިއެވެ.

ޙާލަތުގައި ރާއްޖެ އޮއްވައި، ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ ސިޔާސަތެއްގެ ދަށުން ރައީސް ސާލިޙު މަސައްކަތް ފެއްޓެވިކަމަށާއި، މިއަދު ރާއްޖެއަކީ 192 ޤައުުމުގެ ތެރެއިން 185 ޤައުމަކާ ޑިޕްލޮމެޓިކް ގުޅުން ޤާއިމު ކޮށްފައިވާ ޤައުމެއްކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

އަދި 108 ޤައުމަކަށް މިހާރު ވިސާއާ ނުލައި ދަތުރު ކުރެވޭކަން ވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *