ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ މަސައްކަތް ކުރުމަށް މިއަދު ތަވާލުކުރި ދެވަނަ ޖަލްސާ ވެސް ކުރިއަށްނުގެންދެވި، މެދުކަނޑާލައިފިއެވެ.

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲއެވެ.

ޖަލްސާގެ ނިޒާމް ގެއްލިފައިވާކަމަށް އީވާ ވިދާޅުވި ނަމަވެސް ނިޒާމް ގެއްލިފައިވާ ކަމަށް ޤަބޫލުކުރައްވާ ސަބަބު ހާމައެއް ނުކުރައްވައެވެ. އަދި ދެން ޖަލްސާ ފެށޭނެ ވަގުތެއް އަންގަވާނީ އީވާ ކަމަށް ވެސް އޭނާ ވަނީ ޖަލްސާ މެދުކަނޑާލުމުގެ ކުރިން ވިދާޅުވެފައެވެ. އީވާ ޖަލްސާ މެދުކަނޑާލެއްވީ މެންބަރުން އިހުތިޖާޖުކުރަމުން ދަނިކޮށެވެ.

އީވާ ރިޔާސަތުގައި އިންނެވި ވަގުތު، އެމްޑީޕީގެ މެންބަރުން ގެންދެވީ އަޑުގަދަކުރައްވަމުންނެވެ. އެގޮތުން ރިޔާސަތުގެ މޭޒު ކުރިމަތީގައި ބައެއް މެންބަރުން އިހްތިޖާޖުކުރެއްވިއިރު އަނެއްބައި މެންބަރުން ގެންދެވީ، އަޑުގަދަކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކޮށްގެން އަޑުގަދަކުރަމުންނެވެ.

ހޯމަ ދުވަހު ހެނދުނު 09:00 އަށް ތާވަލްކޮށްފައި ވަނީ 2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓާއި، 2024 ވަނަ އަހަރުގެ ބަޖެޓުގެ މަސައްކަތެވެ. އަދި މެންދުރު 11:00 އަށް އެޖެންޑާކޮށްފައިވާ ޖަލްސާ އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *