މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ މަގާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފިއެވެ.

އެ މައްސަލަ ހުށަހަޅަން ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް އެމްޑީޕީން އިއްޔެ ފެށިއިރު، އެ މައްސަލަ ހުށަހެޅުމަށް ފާސްކުރީ އެ ޕާޓީގެ ޕީޖީގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން އީވާ މަގާމުން ވަކިކުރަން ފާސްކޮށްފައިވެއެވެ.

އެގޮތުން މިއަދުވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަލްސާއެއް ބޭއްވުމަށް ތާވަލު ކޮށްފައިވެއެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅުމަށް އެމްޑީޕީން ނިންމާ އެ މަސައްކަތް ކުރަމުންގެންދާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާ އެ މައްސަލަ ކުރިއަށް ގެންދެވޭތޯ އެމްޑީޕީގެ މެންބަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *