ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ހޮދުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުން ފަށައިފިއެވެ.

ކުރިންވެސް އެމްޑީޕީން ވަނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައެވެ. އެހެންނަމަވެސް އެ ގަރާރު އަނބުރާ ނެގީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް ޑިމޮކްރެޓްސްގެ ތާއީދު ހޯދުމަށެވެ.

އީވާގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާއިރު  އީވާގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅުމަށް އަދި އެމްޑީޕީގެ ޕީޖީ ގުރޫޕަށް ހުށަހަޅާ ފާސްކޮށްފައެއް ނުވެއެވެ.

މިއަދު އީވާ ވަނީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ކުރިޔަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލައްވާފައެވެ.

މިއަދު ހެނދުނު ފުރަތަމަ ޖަލްސާއަށް އީވާ ސަލާމް ވިދާޅުވުމުން އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

އީވާ މިއަދުގެ ޖަލްސާގައި ނަޝީދުގެ ގަރާރު ކުރިޔަށް ނު ގެންދެވީ އެ ގަރާރަކީ ރިޔާސަތުން ބޭރުކޮށްފައިވާ ގަރާރެއް ކަމަށް ވިދާޅުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *