| ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ބުނެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި ދެކޮޅަށް ސުލޫކު ކޮމެޓީއަށް މައްސަލަ ހުށަހަޅައިފިއެވެ.

އަފީފްގެ މައްސަލަ ބެލުމަށް އެމްޑީޕީން ނިންމާފައިވަނީ އެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް 49 މެމްބަރުން ސޮއިކޮށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދަން ހުރަސް އަޅާތީ ކަމަށް ބުނެއެވެ.

މަޖިލީހުގެ ޖަލްސާ ދެފަހަރެއްގެ މަތިން މިއަދު ބޭއްވި ނަމަވެސް ނަޝީރު މަގާމުން ވަކި ކުރެވޭނެ ގޮތެއް ނުވެއެވެ. އެގޮތުން ހެނދުނު 9 ގައި ޖަލްސާ ފެށުމާއި އެކީ އެމައްސަލަ ބޭރު ކޮށްލާފައިވަނީ ނިޒާމީ މައްސަލައެއް، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ޕާލިއަމެންޓްރީ ލީޑަރު، އަލީ އާޒިމް ނެންގެވުމުން އެކަމާއި ބަހުސް ކުރައްވުމަށް ފަހުއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރު އަފީފް ބޭރުކޮށްލީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ މަޖިލީހުން އަމީންއާންމު ފާތިމަތު ލިއުޝާ ލަފާ ދެއްވާފައި ވަނިކޮށެވެ.

އަފީފްގެ އިމްތިޔާޒުގެ މައްސަލަ ބެލުމަށް އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 1:00 ގައި ފެށުމަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *