ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަކި ކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރަކީ، މަޖިލީހުގެ ގަވައިދާ ހިލާފަށް ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށް ބުނެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

މި ގަރާރު ކުރިއަށް ނުގެންގޮސް ނިންމާލީ ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން ނެންގެވި ނިޒާމީ މައްސަލައަށް ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ގޮތެއް ނިންމެވުމަށްފަހު އެވެ.

މި ޖަލްސާ ފެށުމާއެކު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ އެއް ނަންގަވާފައެވެ. އާޒިމް ވަނީ ޖަލްސާގެ ކަންކަން ރީތިކޮށް ގެންދަން ބޭނުންވާ ކަމަށް ވާނަމަ އެނާ އަށް ފުރުސަތު ދޭން ޖެހޭނެ ކަަމަށް ވިދާޅުވެފައެވެ. އަދި އާޒިމް ވަނީ ނަޝީދު ވަކިކުރުމުގެ މައްސަލަ ހުށަހަޅާފައި ވަނީ މަޖިލިސް ޤަވާއިދުގެ 61 ވަނަ މާއްދާގެ (ށ) އާއި 204 ވަނަ މާއްދާގެ (ހ)ގައިވާ ޤަވާއިދާއި ޚިލާފަށް ކަަމަށް ވިދާޅުވެފައެވެ. އާޒިމް ވަނީ ނަޝީދު ވަކިކުރަން ހުށަހަޅާފައި އޮތީ ބިލެއްތޯ، ގަރާރެއްތޯ، ކޮމިޓީ ރިޕޯޓެއްތޯ ނުވަތަ މައްސަލައެއްތޯ ސުވާލު އުފައްދަވާފައެވެ.

ގަރާރުގައި ދީބާޖާއެއް އޮންނަންޖެހޭނެ ކަމަށް (މަޖިލީހުގެ) ގަވާއިދު އެބަ ބުނޭ. މިހާރު ހުށަހެޅިފައި އޮތް ކަރުދާހުގައި އަޅުގަނޑު ބަލާއިރު ދީބާޖާއެއް ނެތް. އެހެންވީމަ އަޅުގަނޑު ދެކެނީ މިއީ ނިޒާމީ މައްސަލައެއް ކަމަށް،"

ގަރާރު ގަވައިދަށް ނުފެތޭ ކަމަށް ވިދާޅުވެ އާޒިމް ވާހަކަދައްކަވަން ފެށްޓެވުމުން އެމްޑީޕީގެ ބައެއް މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ. އެ ހިސާބުން އާޒިމް ދެއްވީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމުގެ އިންޒާރެވެ.

އެމްޑިޕީގެ މެންބަރުން ތަކުރާރުކޮށް މި ގަރާރަކީ ސައްހަ ގަރާރެއް ކަމަށް ވިދާޅުވަމުން ގެންދަވަނިކޮށް އަފީފް ވަނީ އާޒިމް ގެ ނިޒާމީ ނުކުތާ ބަލައިގަނެ މަޖިލިހުގެ ޖަލްސާ ނިންމަވާލައްވާފައެވެ.

އެހެންވީމަ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ނިޒާމީ މައްސަލަ އަޅުގަނޑު ބަލައިގެންފިން. މި ގަރާރު މިއޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަކަށް ނޫން ހުށަހެޅިފަ."

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *