ގަވައިދާ ހިލާފަށް މަސްވެރިކަން ކޮށްގެން ހިފެހެއްޓި އިންޑިއާގެ 12 މަސްވެރިންގެ ތެރެއިން 8 މީހަކު އަނބުރާ ގައުމަށް ފޮނުވާލުމުގެ ތައްޔާރީތައް ހަމަޖައްސާފައިވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފިއެވެ.

ހައި ކޮމިޝަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ޓަމިލްނާޑޫއަށް ނިސްބަތްވާ މިމަސްވެރިން ހިފަހައްޓާފައިވަނީ ފާއިތުވި އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަހުގައެވެ. އެމީހުން ވަނީ 24 މިލިއަން ރުފިޔާއިްނ ޖޫރިމަނާވެސްކޮށްފައެވެ.

މިކަމާ ގުޅިގެން ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން، އިންޑިއާގެ އެކްސްޓާނަލް އެފެއާސްގެ ޔޫނިއަން މިނިސްޓަރު އެސް ޖެއިޝަންކަރަށް ފޮނުވި ސިޓީގައި ވަނީ އެމީހުންގެ ޖޫރިމަނާ މާފުކޮށްދީ އެ މަސްވެރިން ދޫކޮށްލުމަށް ރާއްޖޭގައި އެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ އެ ޖޫރިމަނާގެ ފައިސާ ދެއްކޭ ވަރަށް އެމީހުންގެ ތަނަވަސްކަން ނުހުންނާނެ ކަމަށާއި އެކަމުގެ ސަބަބުން އެ މަސްވެރީންނާއި އެމީހުން އާއިލާ ދާއިމަށް ދަރަނިވެރިވެދާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *