މާލޭގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް އަދި ކޮކާކޯލާ ހިންގާ  އިމާރާތަށް ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ ދެ ރެސްޓޯރެންޓްގެ އިތުރުން، ރާއްޖޭގައި ކޮކާކޯލާ ކުންފުނީގެ އުފެއްދުންތައް އުފައްދާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީއަށް ކަޅުތެޔޮ ޖަހާފައިވާ ކަމުގެ މައްސަލައެއް މިރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުންޏެވެ.

އަމީނީ މަގުގައި ހުންނަ ޕިއްޒާ ހަޓް އާއި ކޭއެފްސީ ރެސްޓޯރެންޓުގެ ފާރަށާއި ކައުންޓަރަށް ވެސް ކަޅުތެޔޮ ޖަހާފައި ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ޕޯސްޓުތަކުގައިވާ ގޮތުން، ކަޅުތެޔޮ ޖަހާފައި ވަނީ އެ ވިޔަފާރިތަކުން އިސްރާއީލަށް ފަންޑު ކުރާތީ ކަމަށް ބުނެއެވެ. އިންޒާރު ދިން މީހުން އަންގާފައިވަނީ އެ ވިޔަފާރިތައް ރާއްޖޭގައި ހުއްޓާލުމަށް ކަމަށްވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *