ގެމަނަފުށި އޯކިޑް707 ދޯނި - ފައިލްފޮޓޯ

އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުން، މަސްދޯންޏެއް ބިންދައިގެން ގޮސްފިއެވެ.

މިހާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާ ކަމަށާއި ނަމަވެސް ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ހާލު ރަގަޅުކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ބިންދައިގެން ދިޔައީ ގއ. ގެމަނަފުށީ "އޯކިޑް 707" ކިޔާ ދޯންޏެކެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުން 'އޯކިޑް 707’ ކިޔާ މަސްދޯންޏެއް ބިންދައިގެން ދިއުމާއި ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ކުރިޔަށް ގެންދާ ކަމަށެވެ.

މިސަރަހައްދުގައި މިހާރު ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް 'ދޮށިމޭނާ' އިން ދަނީ ހަރަކާތްތެރިވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *